ނިކަރާގުއާއިން އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައިފި

ނިކަރާގުއާއިން އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައިފި

Author
ޙަސަން މުޙައްމަދު
12 އޮކްޓޯބަރ 2024 12:37
0

ނިކަރާގުއާ އިން މިއަދު އިޒްރޭލާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައިފިއެވެ.

މި ނިންމުން ނިންމީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި، ލުބުނާނާއި ސީރިޔާ އަދި އީރާނަށް ކުރަމުންދާ ނުރައްކާތަކުގެ ސަބަބުންނެވެ. ނިކަރާގުއާ އިން އިޒްރޭލް ވަނީ ޚުދުމުޚުތާރު، ހައްދުފަހަނަ އަޅާފައިވާ އަދި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގާ ދައުލަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ނިންމުމުގެ ކުރިން، ހުކުރު ދުވަހު ނިކަރާގުއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އިޒްރޭލާއެކު އޮތް ގުޅުން ކަނޑާލުމަށް ރައީސް އޮރެޓެގާއަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.

އޮރެޓެގާ އަކީ އީރާނާ ގާތް ގުޅުމެއް އޮތްކަމަށް ބެލެވޭ ބޭފުޅެކެވެ. އިޒްރޭލުން ޣައްޒާއަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު މިހާރު ވަނީ 42،126 އަށްވުރެ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.