ޕިކަޕްތަކުން ބެޓެރިތަކެއް ވަގަށް ނެގި 2 މީހަކު ހައްޔަރުކޮށްފި

ޕިކަޕްތަކުން ބެޓެރިތަކެއް ވަގަށް ނެގި 2 މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
10 އޮކްޓޯބަރ 2024 12:01
0

ޕިކަޕްތަކުން 12 ބެޓެރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސ. މަރަދޫފޭދޫ، މާކަރީ ލައިޓް، އަލީ އަހުސަން، 32، އާއި ސ. ފޭދޫ، އަނަސް، މުހައްމަދު ނާޒީދު، 43، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ބެޓެރިތައް ފެނުނީ ހެނދުނު 6:55 ހާއިރު ފަރީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވޭތީ ހުއްޓުވައިގެން ބެލުމުން ކަމަށެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.