އައްޑޫ ސިޓީގައި އިމާރާތްކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމޭނީ 2025ގެ ނިޔަލަށް

އައްޑޫ ސިޓީގައި އިމާރާތްކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމޭނީ 2025ގެ ނިޔަލަށް

Author
އަލީ ރައޫފް
08 އޮކްޓޯބަރ 2024 02:40
0

އައްޑޫ ސިޓީގައި އިމާރާތްކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މި ސެންޓަރަކީ ދެކުނުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަކަށް ވެގެންދާނެ ކަމަށާއި، އިސްލާމީ ލައިބްރަރީއަކާއި ތަމްރީނު ފެސިލިޓީއެއްގެ އިތުރުން އިދާރާއެއް ވެސް މި ތަނުގައި ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިސްކިތުގައި އިމާމަކާއި މުއައްޛިނަކު ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާރިޗު މަހު، އައްޑޫ ސިޓީ ހިތަދޫގައި އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބައެއްގެ އިތުރުން، 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، ހަތަރު ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހެއް ހިމެނޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.