ޣައްޒާގައި ހަމާސްއިން ދިން ހަމަލާއެއްގައި އިސްރާއީލުގެ ބައެއް ސިފައިން މަރާލައި ބައެއް ސިފައިން ސަޚަމް ކޮށްލައިފި ކަމަށް އެޖަމާއަތުން ބުނެފިއެވެ.
ޙަމާސްގެ އަސްކަރީ ފިޔަ ކަމަށްވާ ޤައްސާމް ލަޝްކަރުން ބުނާ ގޮތުގައި، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަލް-ފަޚާރީ ސަރަޙައްދުގައި އެމީހުން ކުރިން ވަޅުލާފައި ބެހެއްޓި މައިންތަކެއް ގޮއްވާލުމަށްފަހު، އިސްރާއީލުގެ އިންޖިނިއަރިންގ ޔުނިޓެއްގެ މެންބަރުންތަކެއް "މަރާލައި އަދި ޒަޚަމްކޮށްފައިވާ" ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުން ޢައްޒާގައި ކުރަމުންދާ ހަނގުރާމާގައި މިހާތަނަށް ވަނީ ފަލަސްތީނުގެ 41،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. މި ހަނގުރާމާގައި މަރުވެފައިވާ އިސްރާއީލު ސިފައިންގެ އަދަދު 1,706 އަށް އަރައެވެ.
ކޮމެންޓު ފޮނުވާ