106 ފުޅި ބަނގުރާއެކީ ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް

106 ފުޅި ބަނގުރާއެކީ ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް

ކާރެއްގެ ތެރެއިން 106 ބަނގުރާފުޅިއާ އެކު ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރަސުލް އުލާ ރިދޯއީ (30އ)  އެވެ.

މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށް ވަނީ ފިލާފައެވެ. ފުލުހުން ގޮސް އެ ކާރު ބަލައި ފާސްކުރިއިރު، 106 ފުޅި ބަނގުރާ ފެނިފައިވެއެވެ.

ރިދޯއީ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އަނެއްކާވެސް ރަސުލް އުލާ ރިދޯއީ އިތުރު 15 ދުވަހު ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ރަސުލް އަށް ކުރެވެނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރިކަމުގެ ކުށުގެ ތުހުމަތެވެ. ނަމަވެސް ރަސުލް ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އެކަމަށް އޭނާ އިންކާރުކޮށްފައެވެ. އަދި ބަނގުރާ ފެނުނު ޓެކްސީއަށް އޭނާ އެރީ ދަތުރެއް ކުރުމަށް ކަމަށާއި ކާރުގައި ބަނގުރާ ހުރި ކަމެއް ނޭނގޭ ކަމަށް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *