މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ބޭރު ފުށުން އަނިޔާއެއް ނުލިބޭ: ފުލުހުން

މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ބޭރު ފުށުން އަނިޔާއެއް ނުލިބޭ: ފުލުހުން

Author
އަހުމަދު
18 ސެޕްޓެމްބަރ 2024 10:02
0

މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ރޭ ފެނުނު މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަަމަށް ފުލުހުން ބުނެފިއެވެ.

ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މ. ނަލަހިޔާ މަންޒިލް އަހްމަދު ފަޔާޒެވެ.

މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައީ ރޭ ދަންވަރެވެ.

ފުލުހުން ބުނީ މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށާއި، ތުހުމަތު ކުރެވޭ ފަދަ ކަމެއް ވެސް ނެތް ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.