ހއ.ދިއްދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ ކްލަސްޓާއާއި ގުޅުންހުރި އިތުރު މީހަކު ޕޮޒިޓިވްވެ 19 މީހަކު އެކަހެރިކޮށްފިއެވެ.
އިއްޔެ ދިއްދޫއިން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ޕޮޒިޓިވްވި ފުލުހެއްގެ އަންހެނުންނެވެ. މިހާތަނަށް ފުލުހުންގެ ކްލަސްޓާއާއި ގުޅޭ 4 މީހަކު ދިއްދޫއިން ޕޮޒިޓިވްވެފައިވާއިރު ހދ.ކުޅުދުއްފުށިން 3 ފުލުހަކުު ވަނީ ޕޮޒިޓިވްވެފަ އެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ދިއްދޫއިން ތިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށު ފްލޫކުލިނަކަށް ދައްކާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ފުލުހުންގެ ކްލަސްޓާއާއި ގުޅިގެން 137 މީހެއްގެ ސާމްޕަލް ކޯވިޑަށް ޓެެސްޓްކުރުމަށް ވަނީ ނަގާފައެވެ.
މިކްލަސްޓަރގައި ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ، ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ އެ ފުލުސް އޮފިސަރު ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ ޢަލާމަތްތައް ހުރެގެން މިމަހުގެ ހަތަރުވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ.
ކޮމެންޓު ފޮނުވާ