ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2024 07:42
0

ހުޅުމާލޭގައި ބިދޭސީންތަކެއް ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯންގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކަކުން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިމައްސަލައިގެ ތަހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ނަސީމީގެ، މުހައްމަދު ޝާފީ (29އ)އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާގެ އަތުން ހަތް މޯބައިލް ފޯނާއި އެއް ޕަވާ ބޭންކާއި ދެ ވޮލެޓް ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.