ހަތް ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުންނަށް ފަތްކޮޅު އަރުވައިފި

ހަތް ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުންނަށް ފަތްކޮޅު އަރުވައިފި

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހަތް ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.

ވިއެޓްނާމުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ތްރިން ތި ތަމް ހުންނަވާނީ ސްރީލަންކާގައެވެ. ރާއްޖެއާއި ވިއެޓްނާމާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1975 ވަނަ އަހަރުގެ ޖޫން 20 ވަނަ ދުވަހުއެވެ. ގަތަރުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޖާސިމް ބިން ޖަބާ ޖޭ.ބީ އަލް-ސޮރޯވެސް ހުންނަވާނީ ސްރީލަންކާގައެވެ. ރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 2010 ވަނަ އަހަރުގެ މާރިޗު 11 ވަނަ ދުވަހުއެވެ.

ޖޯޖިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ވަހްޓަންގް ޖައޮޝްވިލި ހުންނަވަނީ އިންޑިއާގައެވެ. ރާއްޖެއާއި ޖޯޖިއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 2010 ވަނަ އަހަރުގެ މާރިޗު 11 ވަނަ ދުވަހުއެވެ. ބަލްގޭރިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޑރ. ނިކޮލެއި ޔަންކޮވްވެސް ހުންނަވާނީ އިންޑިއާގައެވެ. ރާއްޖެއާއި ބަލްގޭރިއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1984 ވަނަ އަހަރުގެ އޮގަސްޓް 14 ވަނަ ދުވަހުއެވެ.

އަޒަރްބައިޖާނުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ އެލްޗިން ނަރިމަންް އޮގްލު ހުސޭންލިއެވެ. އަޒަރްބައިޖާނާއި ރާއްޖެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 2006 ވަނަ އަހަރުގެ ޖޫން 15 ވަނަ ދުވަހުއެވެ. ޖުބީޓީން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ އިއްސެ އަބްދިއްލާހި އައްސޮވެހްއެވެ. ރާއްޖެއާއި ޖުބީޓީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 2008 ވަނަ އަހަރުގެ އޭޕްރިލް 7 ވަނަ ދުވަހުއެވެ.

އަލްޖީރިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޑރ. އަލީ އައްޗޫ ހުންނަވާނީ އިންޑިއާގައެވެ. އަލްޖީރިއާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1988 ވަނަ އަހަރުގެ މާރިޗު 8 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *