ގެސްޓްހައުސް އިން ފެނުނު ޒުވާނާއަށް އޮތީ އަނިޔާކޮށްފައި: ފުލުހުން

ގެސްޓްހައުސް އިން ފެނުނު ޒުވާނާއަށް އޮތީ އަނިޔާކޮށްފައި: ފުލުހުން

Author
އަހުމަދު
09 ސެޕްޓެމްބަރ 2024 05:18
0

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ޒަހަމްތަކަކާއެކު ފެނުނު ޒުވާނާއަށް އަނިޔާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ މީހާއަށް ބަޔަކު އަނިޔާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގެސްޓްހައުސްއިން އެ މީހާ ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެމީހާގެ މޫނު މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. ސްޓްރެޗާއެއްގައި އެމްބިއުލާންސަށް އެމީހާ އަރުވާފައިވާ އިރު، ގައިގައި އޮތީ ފޮތިގަނޑެއް އަޅައިފައެވެ.

އެ މީހާ އަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.