ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

Author
ހުސައިން
09 ސެޕްޓެމްބަރ 2024 01:35
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ކާރލް ސްޓަމް މަޤާމުން އިސްތިއުފާ ދެއްވާއިފިއެވެ.

މިއަދު ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި ކާރލް ވަނީ އިއްޔެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވާފައެވެ. އެހެންނަމަވެސް، މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ އާންމު ޖަލްސާ (އީޖީއެމް) އާ ހަމައަށް އޭނާ ވަޒީފާގައި ދެމިހުންނަވާނެއެވެ.

އޭގެ ފަހުން، އައު ސީއީއޯއެއް އައްޔަނުކުރެވެންދެން ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީން ސީއީއޯގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނެއެވެ.

ކާރލް ސްޓަމްކެ އިސްތިއުފާ ދެއްވާފައިވާއިރު، ސަރުކާރާއި ބޭންކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ފާޅުކުރެވުނު ކަންބޮޑުވުންތަކާ ގުޅިގެން، އެމްއެމްއޭގެ އެދުމުގެ މަތިން ބޭންކުން ވަނީ ކާޑުގެ ލިމިޓަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭ ނިންމުން ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.