މިއަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓްތައް ކުރީ އަހަރަށްވުރެ %18 އިތުރު ވެއްޖެ

މިއަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓްތައް ކުރީ އަހަރަށްވުރެ %18 އިތުރު ވެއްޖެ

Author
ހުސައިން
07 ސެޕްޓެމްބަރ 2024 05:14
0

ރާއްޖޭގައި މިއަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓްތައް ކުރީ އަހަރަށްވުރެ %18 އިތުރުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 1907 އެކްސިޑެންޓް ހިނގާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެކެވެ. އޮގަސްޓު މަހު އެކަނި 204 އެކްސިޑެންޓް ހިނގާފައިވާއިރު، ޓްރެފިކް އެކްސިޑެންޓަކީ ވައްކަމާ ޖެހިގެން ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކުރެވޭ މައްސަލައެވެ.

މިއަހަރުގެ މަހުން މަހަށް އެކްސިޑެންޓްތަކުގެ ތަފްސީލަށް ބަލާއިރު، ޖެނުއަރީގައި 263، ފެބްރުއަރީގައި 267، މާރޗްމަހު 301، އޭޕްރިލްގައި 221، މެއިމަހު 226، ޖޫންމަހު 215، ޖުލައިގައި 210 އަދި އޮގަސްޓުމަހު 204 އެކްސިޑެންޓް ހިނގާފައިވެއެވެ. އެންމެ ގިނަ އެކްސިޑެންޓް ހިނގަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.

ދާދި ފަހުން ހިނގި ދެ ބޮޑު އެކްސިޑެންޓުގެ ތެރޭގައި، އިއްޔެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަ ގެއްލިފައި ވެއެވެ.

އަދި މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.