ސަލްމާން ޚާން ބިގް ބޮސް އިވެންޓެއްގައި މޭ ކަށިގަނޑު ބިންދިފައިވާކަން ކަށަވަރުކޮށްދީފި

ސަލްމާން ޚާން ބިގް ބޮސް އިވެންޓެއްގައި މޭ ކަށިގަނޑު ބިންދިފައިވާކަން ކަށަވަރުކޮށްދީފި

Author
އާދަމް ނުހާދް
07 ސެޕްޓެމްބަރ 2024 12:37
0

އެކްޓަރު ސަލްމާން ޚާން އޭނާގެ ފިލްމު، ސިކަންދަރުގެ ޝޫޓިންގ ތެރޭގައި މޭ ކަށިގަނޑަށް ލިބުނު އަނިޔާއަކުން ރަނގަޅުވަމުންދާކަމަށް ބުނެވިއެވެ.

ފަހުން ބޭއްވުނު ބިގް ބޮސް އިވެންޓެއްގައި އެކްޓަރު ޕަޕަރާޒީންނަށް ހާމަކޮށްދީފައިވަނީ އޭނާ ފުރަތަމަ ހީކުރިވަރަށްވުރެ މާ ބޮޑު އަނިޔާއެއް ލިބިފައިވާކަމަށާއި، އޭނާގެ މޭމަތީގެ ދެކަށްޓެއް ބިންދާއިގެން ގޮސްވާކަމަށެވެ.

މިކަން ކަށަވަރުކުރުން އައިސްފައިވަނީ އެކްޓަރު ކުޑަކުދިންގެ އިވެންޓެއްގައި އުނދަގޫވާ ކަމުގެ ނިޝާންތައް ފެނުނުތާ ދުވަސްކޮޅެއް ފަހުންނެވެ. މި އިވެންޓުގައި ވަނީ ސަލްމާން ވަރަށް ގިނަ ފަހަރު އަރިކަށީގައި ހިފަހައްޓަމުން، އިށީނދެ ތެދުވުމަށް އުނދަގޫވާ މަންޒަރު ފެނިފައެވެ. ފެންނަ ގޮތުން އޭނާއަށް ވޭން އިހުސާސްވި ނަމަވެސް، ސަލްމާން ވަނީ އިވެންޓަށް ހާޒިރުނުވާ ގޮތް ނުހެދުމަށް ނިންމާފައެވެ.

އޭނާ އަނެއްކާވެސް ޕްރޮފެޝަނަލް ޒިންމާ އަދާކުރުމުގެ ގޮތުން ޓީވީ ޝޯ، ބިގް ބޮސްގެ އަންނަން އޮތް ސީޒަންގެ ފޮޓޯޝޫޓަކަށް ނުކުމެފައިވެއެވެ. ބުރާސްފަތި ދުވަހު، ޝޫޓިންގގައި، އޭނާ ވަނީ އެއްވެފައި ތިބި ޕަޕަރާޒީންނަށް، އޭނާގެ ދެ ކަށްޓެއް ބިންދާފައިވާކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.