ފައިލް ފޮޓޯ

އެޕާޓްމަންޓްތަކަކާއި ކާރުތަކެއް ބަލާ ފާސްކޮށް ކިލޯއަކަށްވުރެ ގިނަ ޑްރަގްސް އަތުލައިގެންފި

އެޕާޓްމަންޓްތަކަކާއި ކާރުތަކެއް ބަލާ ފާސްކޮށް ކިލޯއަކަށްވުރެ ގިނަ ޑްރަގްސް އަތުލައިގެންފި

ގުޅުންހުރި

އެޕާޓްމަންޓްތަކަކާއި ކާރުތަކެއް ބަލާ ފާސްކޮށް ކިލޯއަކަށްވުރެ ގިނަ ޑްރަގްސް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިނގި ރެއިޑެއްގައިކަމަށެވެ. މި މައްސަލާގައި ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ، ފުނަމާގެ އުމުރުން 24 އަހަރުގެ ހަސަން ޒަޔާން އާއި ގދ. ތިނަދޫ، ކުލުނު އުމުރުން 22 އަލީ ސަރީހު އަންވަރުއެވެ.

މި ދެމީހުންގެ ތެރެއިން އަސްރަހުގެ ކުޑަކަމުދާތަކެތި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްް ފުލުހުން ބުނެއެވެ. އަދި މީނާއަކީ މަސްތުވާތެކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، ވިއްކައި ވިޔަފާރި ކުރާކަމުގެ ތުހުމަތެވެ. މި ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

ހަސަން ޒަޔާނާއި އަސްރަހު ތިބި އެޕާޓުމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު އެތަނުގެ ބަދިގެއާއި ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށް މީމީހުންގެ ބަންދުގެ އަމުރުގައިވެެއެވެ. އަދި އިތުރު އެޕާޓުމަންޓަކާއި ދެ ކާރަކުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް އެ އަމުރުގައިވެއެވެ.

މި ދެމީހުނާއި ގުޅުން ހުރި ތަންތަނުން ފެނުނު މަސްތުާތަކެތީގެ ބަރުދަން ކިލޯއަކަށް އަކަށް ވުރެ މަތިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިީ އިތުރު ބައެއްގެ ބައެއްގެ ބައިވެރިވުން އޮތް މައްސަލައެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ