ރޭގެ އެކްސިޑެންޓުގައި ނިޔާވި ސަމާހުގެ ޖަނާޒާ މިރޭ މަޣްރިބް ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައި

ރޭގެ އެކްސިޑެންޓުގައި ނިޔާވި ސަމާހުގެ ޖަނާޒާ މިރޭ މަޣްރިބް ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައި

Author
ހުސައިން
06 ސެޕްޓެމްބަރ 2024 03:32
0

ހުޅުމާލޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހުގެ ޖަނާޒާ މިރޭ މަޣްރިބް ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އުމުރުން 23 އަހަރުގެ ސަމާހުގެ އާއިލާއިން ވަނީ މި ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.

ސަމާހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ލާންސް ކޯޕްރަލެކެވެ. އޭނާ މާފުށި ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕުގައި މަސައްކަތްކުރަމުން އައި އިރު، ކަރެކްޝަންގައި ވަޒީފާ އަދާކުރާތާ ތިން އަހަރު ވެފައިވެއެވެ.

އެކްސިޑެންޓް ހިނގިއިރު ސަމާހު އިނީ ސައިކަލް ދުއްވަމުންނެވެ. އޭނާގެ ސައިކަލުގެ ފަހަތުގައި އިން ޒުވާނަކަށްވެސް މި އެކްސިޑެންޓުގައި އަނިޔާވެ، މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދެއެވެ.

ސަމާހު ނިޔާވީ އެކްސިޑެންޓް ވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާއާ ގުޅިގެން އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން 26 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.