ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ

Author
ހުސައިން
06 ސެޕްޓެމްބަރ 2024 09:59
0

ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި،  މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އުރީދޫ އޮފީސް އިމާރާތާ ދިމާލުން، މެންދަމުން އަލިވެ ފަތިސްވާން އުޅެނިކޮށެވެ. ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސްޕޯޓްސް ކާރެއް ސައިކަލެއްގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބި، ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަރުވެފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހުޅުމާލޭގައި ހަފްތާ ބަންދުތަކުގައި ސްޕޯޓްސް ކާރުތައް ބާރަށް ދުއްވައި، އާންމުންނަށް ނުރައްކާވާ ގޮތަށް ދުއްވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑުވަމުން އަންނަ ކަމެކެވެ.

މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. މި ފަހަރުގެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ކުރިންވެސް ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި، ސައިކަލުގައި އިން މީހަކު މަރުވެފައިވެއެވެ. އަދި މީގެ އިތުރުން، މިދިޔަ މަހުވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.