އަޒަރުބައިޖާންގެ އެއަރލައިންއިން ރާއްޖެއަށް އަލަށް ދަތުރުތައް ފަށަނީ

އަޒަރުބައިޖާންގެ އެއަރލައިންއިން ރާއްޖެއަށް އަލަށް ދަތުރުތައް ފަށަނީ

Author
ހުސައިން
05 ސެޕްޓެމްބަރ 2024 11:56
0

އަޒަރުބައިޖާން އެއަރލައިނުން މުޅިން އަލަށް ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ.

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށާއި، އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކަމަށް ބުނެފައިވެއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ކަމަށާއި، ހަފުތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެ ކަމަށް އެ އެއަރލައިނުން މަޢުލޫމާތު ދީފައިވެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއަރކްރާފްޓް ކަމަށާއި، ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 6 ގަޑިއިރު ކަމަށް ބުނެފައިވެއެވެ.

މިއީ އަޒަރުބައިޖާން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރަށް ވުމާއެކު، މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

ރާއްޖެއަށް މިހާރުވެސް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުކުރަމުންދާއިރު، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިވަގުތު ބައިނަލްއަޤްވާމީ 42 އެއަރލައިނަކުން ދަތުރުކުރަމުން ގެންދެއެވެ.

އަދި ސެޕްޓެންބަރު 2 ގެ ނިޔަލަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.