ސަރުކާރު ބަންދުވިޔަސް، މުދާ ދޫކުރުމާއި ކްލިއަރެންސް ޚިދުމަތް ދިނުން މިއަދުވެސް ކުރިޔަށްދާނެ: ކަސްޓަމްސް

ސަރުކާރު ބަންދުވިޔަސް، މުދާ ދޫކުރުމާއި ކްލިއަރެންސް ޚިދުމަތް ދިނުން މިއަދުވެސް ކުރިޔަށްދާނެ: ކަސްޓަމްސް

Author
ހުސައިން
05 ސެޕްޓެމްބަރ 2024 11:46
0

މިއަދު ސަރުކާރު ބަންދު ދުވަހެއް ކަމުގައިވީ ނަމަވެސް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވަނީ މުދާ ދޫކުރުމާއި އުޅަނދުފަހަރަށް ކްލިއަރެންސް ދިނުން ކުރިއަށްދާނެ ކަމަށެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވީ ނަމަވެސް، ގްރޭޓަރ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުން މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުން ކުރިއަށްދާނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއަރހައުސްތަކާ ގުޅޭ ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ. މިއަހަރުގެ ގައުމީ ދުވަސް ފާހަގަކޮށްފައިވަނީ އިއްޔެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.