މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓަކުން ކޭބަލްތަކެއް ވަގަށް ގެންގޮސްފި

މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓަކުން ކޭބަލްތަކެއް ވަގަށް ގެންގޮސްފި

Author
ހުސައިން
05 ސެޕްޓެމްބަރ 2024 11:43
0

މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓަކުން ކޭބަލްތަކެއް ވަގަށް ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި ވައްކަން ހިނގާފައިވަނީ މާލޭގެ ކޮލި އުމަރު ގޯޅީގައި އަލަށް ހަދަމުންދާ މާރުކޭޓުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެތަނުގައި ހުރި ކަރަންޓް ކޭބަލްތަކާއެކު ލައިޓުތައްވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ބެލުމަށް ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ. އަދި ފުލުހުން އެތަނަށް ގޮސް އުޅޭ މަންޒަރުތަކުގެ ފޮޓޯތަކެއް ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުންވެސް ވައްކަން ކުރުމުގެ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.