ދިވެހިރާއްޖެއިން އޭޕީއޭޕީގެ ސައިޑް އިވެންޓް ރިޔާސަތު ބަލަހައްޓައިފި

ދިވެހިރާއްޖެއިން އޭޕީއޭޕީގެ ސައިޑް އިވެންޓް ރިޔާސަތު ބަލަހައްޓައިފި

Author
ހުސައިން
05 ސެޕްޓެމްބަރ 2024 01:13
0

ދިވެހިރާއްޖެއިން އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ)ގެ ބައި-ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން، އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު "ސެލެބްރޭޓިންގ ދަ ޑެކޭޑް އޮފް އެޑްވާންސިންގ ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓްގެ ރިޔާސަތު ބަލަހައްޓައިފިއެވެ.

މި އިވެންޓަކީ އޭޝިއާގެ ސަރަޙައްދުގައި ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ އިވެންޓެކެވެ.

ދިވެހިރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބި، އަދި އޭޝިއާ ސަރަޙައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު މި އިވެންޓުގައި، އޭޝިއާގެ އެކި ޤައުމުތަކުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އިވެންޓުން ލިބުނު މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ކުރިއަށް އޮތް ތަނުގައި އޭޝިއާގެ ސަރަޙައްދުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.