ފުލުހަކު އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

ފުލުހަކު އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

Author
އަހުމަދު
04 ސެޕްޓެމްބަރ 2024 11:24
0

ދިވެހި ފުލުހަކު އަންހެނަކަށް އަނިޔާކޮށް، މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި ދިވެހި ފުލުހަކު، ދިވެހި އަންހެނަކަށް އިންޒާރު ދިން މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހަޅައިފައެވެ. އެހެންވެ، އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ ފުލުސް މީހާ އަންހެނަކަށް ބިރު ދައްކައި މަރުގެ އިންޒާރުދޭ އޯޑިއޯ ރިކޯޑިންތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.