ސ. ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރާ ދެ މީހުންވެސް، އެ ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޝަރީއަތުގައި އިންކާރުކޮށްފިއެވެ.
މާފަންނު މުރަނގަ މަގުގައި ހުންނަ ކްރާސާ ފިހާރަ ތެރޭގައި ނައުއްޓެ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ފައިހު އާއި ސިރުހާން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތުގައި، މިއަދު ކްރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާފައެވެ. ކްރާސާ ފިހާރަ ތެރޭގައި ނައުޝާދަށް ވަޅިން ހަމަލާ ދިނީ ފެބްރުއަރީ 24، 2023، ވަނަ ދުވަހު 9:30 ހާއިރެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.
ކޮމެންޓު ފޮނުވާ