ށ. މާއުނގޫދޫގައި އެމްޑީޕީގެ ބޮޑުދިދަ ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ކަނޑާ އެއްލާލާއިފި

ށ. މާއުނގޫދޫގައި އެމްޑީޕީގެ ބޮޑުދިދަ ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ކަނޑާ އެއްލާލާއިފި

Author
ހުސައިން
01 ސެޕްޓެމްބަރ 2024 02:48
0

ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ނެގި ބޮޑުދިދަ، ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ކަނޑާ އެއްލާލާފައިވެއެވެ. މި ހާދިސާއާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރޭގެ ވަގުތެއްގައި މި ދިދައަށް ގެއްލުންދީ މޫދަށް އެއްލާލުމަކީ ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ ސިޔާސީ މައިދާނުގައި އިދިކޮޅު ޕާޓީއަށް ޖާގަ ލިބެންޖެހެއެވެ. މީގެ އިތުރުން، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އާދަވުމުގެ މުހިންމުކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރައީސްގެ ޕޯސްޓުގައި، މި "ފިނޑި އަމަލު" ހިންގި ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ. އެމްޑީޕީގެ މެމްބަރުން މި ބޮޑު ދިދަ ނެގީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅިގެން، އެމްޑީޕީން ވަނީ މި މައްސަލަ ބަލައި، އެކަން ކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.