ފެހުރިހި އުޅޭ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތް ހަމަޖައްސަނީ

ފެހުރިހި އުޅޭ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތް ހަމަޖައްސަނީ

Author
ހުސައިން
31 އޮގަސްޓް 2024 08:05
0

ރާއްޖޭގައި ފެހުރިހި އުޅޭ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތް ހަމަޖައްސަވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ތޯރިގް އިބުރާހިމް މިހެން ވިދާޅުވީ ދުނިޔޭގެ ފެހުރިހީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އދ. ދިގުރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގްގެ އިތުރުން ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް، ދިގުރަށް ހިމެނޭ ދާއިރާގެ މެންބަރުން އަދި އެކި ޤައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދުނިޔޭގެ ފެހުރިހީގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމާއި، ފެހުރިހި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ. މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވައެވެ.

މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ދިގުރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.