ރަހީނުކުރި ހާދިސާ ތަހުގީގު ކުރަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި، އަންހެން މީހާވެސް ވަނީ ބަންދުކޮށްފަ

ރަހީނުކުރި ހާދިސާ ތަހުގީގު ކުރަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި، އަންހެން މީހާވެސް ވަނީ ބަންދުކޮށްފަ

Author
ހުސައިން
30 އޮގަސްޓް 2024 10:29
0

ރޭ ހިނގި އަންހެނަކު ރަހީނު ކުރުމުގެ ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ވަރަށް ސީރިއަސްކޮށް ކަމަށް ފުލުހުން ބުނެއެވެ.

ރޭ ހިނގި ހާދިސާގައި ބައިވެރިވި ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ބައްދަލުކުރައްވައި، އެ ފުލުހުންގެ މަސައްކަތަށް ތަޢުރީފުކުރެއްވިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި ސީނިއަރ މެނޭޖްމަންޓްގެ އޮފިސަރުންނާއި، ހާދިސާގައި ހަރަކާތްތެރިވި ކޮމާންޑަރުންނާއި ޓީމު ލީޑަރުން ބައިވެރިވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް، ވަރަށް ކާމިޔާބުކަމާއި ޕްރޮފެޝަނަލްކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކުރެވުނު ކަމަށެވެ. އޮޕަރޭޝަންގައި މުވާސަލާތު ވަރަށް ރަނގަޅަށް ދިޔަކަމާއި، ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

"ﷲ ގެ އިރާދަފުޅާއެކު ވިކްޓިމްއަށް އަދި ސަސްޕެކްޓަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނުކަން" ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ޖެހިލުންވުމެއް ނެތި މަސައްކަތްކުރާނެކަމުގެ މިސާލެއްކަމަށް ވިދާޅުވިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނަށް ރައްޔިތުންގެ ތަޢުރީފު ލިބެމުންދާ ކަމަށާއި، އިތުރަށް ރަނގަޅުކުރުމަށް ހުށަހެޅޭ ޚިޔާލުތައްވެސް ބަލައިގަންނަ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.