މާލޭގައި ޚުޠުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަލުން މުރާޖައާ ކުރަނީ

މާލޭގައި ޚުޠުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަލުން މުރާޖައާ ކުރަނީ

Author
ހުސައިން
30 އޮގަސްޓް 2024 03:40
0

މާލޭގައި ޚުޠުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު މުރާޖަޢާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ، ޚުޠުބާ ފަރިތަނުކޮށް ކުށްކޮށް ކިޔުމުން އަޑުއަހަން ތިބޭ މީހުންގެ ޝައުޤުވެރިކަން ގެއްލޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ފާހަގަކުރެއްވުމާ ގުޅިގެންނެވެ.

ޝައިޚް ޢަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބައެއް ޚަޠީބުން ޚުޠުބާ ކިތަންމެ ރަނގަޅަސް، ފަރިތަނުކޮށް އައިސް ކުށްކޮށް ކިޔުމަކީ އަޑުއަހަން ތިބޭ މީހުންގެ ޝައުޤުވެރިކަން ގެއްލި، ޚުޠުބާގެ އަސަރު ކެނޑި، ދޭން ބޭނުންވާ މެސެޖު ފެއިލްވާނެ ކަމެއް ކަމަށެވެ. އޭނާ ޚަޠީބުންނަށް ގޮވާލާފައިވަނީ ޚުޠުބާ ފަރިތަކުރުމަށާއި، މިންބަރުމަތީ އަދާކުރާ ވަޒީފާއަށް ފުރިހަމައަށް ޝައުޤުވެރިކަން ބަހައްޓައި، އެކަށީގެންވާ ވަރަށް ތައްޔާރުވުމަށެވެ.

މިކަމާ ގުޅިގެން ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ، މާލެ ސިޓީގެ ޚުޠުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަންނަ ހަފްތާގައި މުރާޖަޢާކުރައްވާނެ ކަމަށެވެ. އަދި މި މުރާޖަޢާގައި އިލްމީ، ގާބިލް އަދި ހުނަރުވެރި ބޭފުޅުންނަށް ފުރުޞަތު ދިނުމަށް އިސްކަންދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.