އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރުދައްކާ މީހަކު ހައްޔަރު ކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރުދައްކާ މީހަކު ހައްޔަރު ކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ

Author
ހުސައިން
29 އޮގަސްޓް 2024 09:50
0

މާފަންނު ސަރަހައްދުގެ ގެއެއްގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރުދައްކާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ދިވެހި ފިރިހެނަކު އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ހިފަހައްޓައިގެން ހުރި މަންޒަރެވެ. އެ ވީޑިއޯގައި ފެންނަ އަންހެން މީހާއަކީ ވެސް ދިވެއްސެކެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާފަންނު ސަރަހައްދުގެ ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.