އޯލެވެލް އަދި އޭލެވެލްގެ ސައްޙަ ނޫން ސަނަދުތަކެއް ދައުރުވަމުންދާތީ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

އޯލެވެލް އަދި އޭލެވެލްގެ ސައްޙަ ނޫން ސަނަދުތަކެއް ދައުރުވަމުންދާތީ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ގުޅުންހުރި

ކޭމްބްރިޖް އިންޓަނޭޝަނަލް އެގްޒެމިނޭޝަންސްގެ އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުގެ ސައްޙަ ނޫން ސަނަދުތަކެއް ދައުރުވަމުންދާކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހާމަކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެމްކިއުއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންދާކަންވެސް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްކިއުއޭއިން މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް (ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް) ގޮވާލާފައިވަނީ، ދަރިވަރުންނަށް ކޯސްތަކުގައި ފުރުޞަތު ދިނުމުގައި ހުށަހަޅާ ސަނަދުތަކަކީ ޞައްޙަ ސަނަދުތަކެއްކަން ކަށަވަރުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ