ތިލަފުށީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީ އިން އަންގައިފި

ތިލަފުށީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީ އިން އަންގައިފި

Author
ހުސައިން
28 އޮގަސްޓް 2024 09:12
0

ކ. ތިލަފުށީގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން ސްލޯޕިން މަސައްކަތަށް ހުރަސްއެޅޭތީ، ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، ތިލަފުށި ތަރައްޤީކުރުމުގެ ބިންހިއްކުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ ސްލޯޕިން މަސައްކަތެވެ. މި މަސައްކަތަށް ދަތިވާތީ، ފަޅުތެރޭގައި އޮތް އުޅަނދުތައް ނެގުމަށް އެދިފައިވެއެވެ.

އުޅަނދުތަކުގެ ވެރިފަރާތްތަކަށް މިއަދުން ފެށިގެން ރަސްމީ 7 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މުއްދަތުގައި އުޅަނދުތައް ނުނަގައިފިނަމަ، އެޗްޑީސީގެ އުސޫލު ނަންބަރު G-7/2023 "ކ. ތިލަފުއްޓާއި ކ. ގުޅީފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު ޢަމަލުކުރުމުގެ އުސޫލު" ގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށް އަންގާފައިވެއެވެ.

ތިލަފުށި ތަރައްޤީކުރުމުގެ މަޝްރޫޢަކީ ވިޔަފާރިވެރިންނަށް އައު ފުރުޞަތުތަކެއް ހޯދައިދިނުމަށް އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު ކާމިޔާބުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމުކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި މިހާތަނަށް ވިޔަފާރިވެރިން ދެއްވާފައިވާ އެއްބާރުލުމަށް އެޗްޑީސީން ޝުކުރު އަދާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.