ވެއްޓި ތެޅުނު 3,500 އަހަރުވީ ގުޅި

4 އަހަރުގެ ކުއްޖެއްއްގެ އަތުން އޮޅިގެން މިއުޒިއަމެއްގައިހުރި 3،500 އަހަރުވީ މުށި ގުޅިއެއް ވެއްޓި ތެޅިއްޖެ

4 އަހަރުގެ ކުއްޖެއްއްގެ އަތުން އޮޅިގެން މިއުޒިއަމެއްގައިހުރި 3،500 އަހަރުވީ މުށި ގުޅިއެއް ވެއްޓި ތެޅިއްޖެ

ގުޅުންހުރި

އިސްރާއީލުގެ އާޘާރީ މިއުޒިއަމެއްގައި 4 އަހަރުގެ ކުއްޖަކު އެތާނގައި ބެހެއްޓިފައި ހުރި ބުރޯންޒް ޒަމާނުގެ (3،500 އަހަރުގެ ކުރީގެ) މުށި ގުޅިއެއް އޮޅިގެން ވައްޓާލައިފިއެވެ.

މާހިރުން ބުނާ ގޮތުގައި މަދުވެގެން 3,500 އަހަރު ވެފައިވާ މި އާޘާރީ ގުޅި ތަޅައިގެންދިޔަ ހާދިސާ ހިނގި ވަގުތު ބެހެއްޓިފައި ހުރީ މިއުޒިއަމްގެ ދޮރު ކައިރީގައި ބިއްލޫރި ކޮއްޓެއްގައެއް ނޫނެވެ.

ބުދަ ދުވަހު ސީއެންއެންއަށް އީމެއިލް މެދުވެރިކޮށް ފޮނުވި ބަޔާނެއްގައި ހެޗްޓް މިއުޒިއަމްއިން ބައެއް އެއްޗެހި ދައްކަން ބިއްލޫރި ނުލައި ބެހެއްޓުމުގެ ނިންމުން ދިފާޢުކޮށް، މިއުޒިއަމްގެ ބާނީ ރޫބެން ހެޗްޓް އާޘާރީ ތަކެތި އާންމުންނަށް ފަސޭހައިން ލިބޭގޮތް ހެދުމަށް އިސްކަންދީފައިވާ ކަމަށް ބުންޏެވެ.

"އާޘާރީ އެއްޗެއް ހުރަހެއް ނެތި ބެލުމަކީ ޚާއްޞަ ޖާޒުބިއްޔަތުތަކާއި ގުޅުންހުރި ކަމެއް ކަމަށް މިއުޒިއަމްއިން ޤަބޫލުކުރެއެވެ،" މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ހާދިސާ ހިނގުމަށްފަހުވެސް މިއުޒިއަމްއިން "މި އާދަ ކުރިއަށް ގެންދާނެ" ކަމަށްވެސް ބުނެފައިވެއެވެ.

ބީބީސީއަށް ވާހަކަދައްކަމުން ކުއްޖާގެ ބައްޕަ ބުނީ ފާއިތުވި ހުކުރު ދުވަހު މިއުޒިއަމްއަށް ޒިޔާރަތް ކުރިއިރު އޭނާގެ ދަރިފުޅު އެ ގުޅީގެ "އެތެރޭގައި އެއްޗެއް ހުރިތޯ ބަލަން ބޭނުންވެގެން" އެ އެތި "ކުޑަކޮށް ދަމާލި" ކަމަށެވެ. އެ މީހާ އިތުރަށް ބުނެފައިވަނީ ވެއްޓިފައިވާ އާޘާރީ އެއްޗެހި ކައިރީގައި އޭނާގެ ދަރިފުޅު ހުއްޓައި ފެނުނު ވަގުތު ހައިރާންކަމެއް ލިބުނު ކަމަށާއި، އެންމެ ފުރަތަމަ ހިތަށްއެރީ "އެއީ އަހަރެންގެ ދަރިފުޅު ކުރިކަމެއް ނޫން ކަމަށް" ކަމަށެވެ.

ސީއެންއެންއިން ކުއްޖާގެ މައިންބަފައިންނާ ގުޅޭތޯ މަސައްކަތް ކުރިނަމަވެސް، އެކުއްޖާގެ މައިންބަފައިންނާ ގުޅޭގޮތް ވަނީ ނުވެފައެވެ. މިއުޒިއަމްގެ ޤަބޫލުކުރާ ގޮތުގައި މި އާޘާރީ އެއްޗެއްސަކީ މީލާދީން 2200 އާއި 1500 އަހަރު ކުރީގެ އެއްޗެކެވެ. މިއީ މީލާދީން 10 ވަނަ ޤަރުނުގައި އިސްރާއީލާއި ޖުޑާގެ ޤަދީމީ ރަސްކަމުގައި ވެރިކަން ކުރެއްވި ކިންގް ޑޭވިޑް އަދި ކިންގް ސޮލޮމަންގެ ވެރިކަމުގެ ކުރީގެ އެއްޗެކެވެ. މި ގުޅި ބޭނުންކޮށްފައިވަނީ ރާ (ވައިން) ނުވަތަ ޒައިތޫނު ތެޔޮ ފަދަ ދިޔާ ތަކެތި ރައްކާކޮށް އުފުލުމަށެވެ.

ކުރިން އާރކިއޮލޮޖިސްޓުން މިފަދަ އެހެން އެއްޗެހި ހޯދާފައިވީނަމަވެސް، ހޯދިފައިވާ ގިނަ އެއްޗެއްސަކީ ހަލާކުވެފައި ނުވަތަ ފުރިހަމަނުވެ ހުންނަ އެއްޗެހި ކަމަށް މިއުޒިއަމްއިން ބުނެފައިވެއެވެ. އެހެންމަވެސް ތަޅައިގެންދިޔަ ގުޅިއާއި އެގުޅި ކައިރީހުރި އެހެން ކުދި ގުޅިތަކަކީވެސް ފެނުނުއިރު ހަލާކުނުވެ ފުރިހަމައަށް ހުރި އެއްޗިއްސަށް ވުމަކީ "ވަރަށް ގިނަ ބަޔަކު ޝައުވެރިވި ހޯދުމެއް" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އަންގާރަ ދުވަހު އިޒްރޭލީ ނިއުސް އައުޓްލެޓް ޔަނެޓްއަށް ވާހަކަދައްކަމުން، މިއުޒިއަމްގެ އިސްވެރިޔާ އިންބަލް ރިވްލިން ވަނީ ކުއްޖާއާއި އެ ހާދިސާ ހިނގިއިރު އެތާ ހުރި އޭނާގެ މަންމައަށް މިއުޒިއަމަށް އަނބުރާ އައިސް ޕްރައިވެޓް ޓުއަރއެއް ކުރުމުގެ ދަޢުވަތު ދެއްވާފައެވެ.

ކަނާތްފަރާތުގައި ފެންނަނީ، ހާދިސާ ހިނގުމުގެ ކުރިން އެ ފުޅި އޮތްގޮތް.
ހެޗްޓް މިއުޒިއަމްގެ މުވައްޒަފުން–

"މިއީ ކަށްވަޅެއް ނޫން، އާންމުންނާއި ޢާއިލާތަކަށް ހުޅުވާލެވިފައިވާ ދިރުންހުރި ތަނެއް،" އޭނާ އެ ނިއުސް އައުޓްލެޓްއަށް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ: "އަޅުގަނޑުމެން މައިންބަފައިންނަށް ގޮވާލަނީ:  ބިރު ނުގަތުމަށެވެ. މިކަހަލަ ކަންކަން ވެއެވެ. އަޅުގަނޑުމެން އެ (ފުޅި) މަރާމާތުކޮށް އަނބުރާ ބަހައްޓާނަމެވެ." ރިވްލިން ވިދާޅުވީ މިއުޒިއަމްއިން ވަނީ ކޮން އެއްޗެއްސަކަށް އަތްލެވޭނެކަމާއި އަތްނުލެވޭނެކަން އަންގައިދޭ އައު ނިޝާންތަކެއް ޗާޕުކޮށްފައެވެ.

ހާއިފާ ޔުނިވަރސިޓީގެ ސަރަޙައްދުގައި 1984 ގައި ހުޅުވުނު ހެޗްޓް މިއުޒިއަމްގައި ވަނީ ޗަލްކޮލިތިކް ޒަމާނު (ގާތްގަނޑަކަށް މީލާދީން 4500 އިން 3500 އަހަރު ކުރި) އަށް ނިސްބަތްވާ އާޘާރީ ހޯދުންތަކެވެ. މިއުޒިއަމްއިން ބުނާ ގޮތުގައި ފޮޓޯތަކުގެ އެހީގައި ހަލާކުވެފައިވާ ފުޅި މަރާމާތު ކުރުމަށް މަރާމާތުކުރުމުގެ މާހިރަކާ މިހާރުވަނީ ހަވާލު ކޮށްފައެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގުޅި އަނބުރާ އޭގެ ތަނުގައި ބެހެއްޓޭނެއެވެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. އަދި މިއުޒިއަމްއިން މަރާމާތުކުރުމުގެ މި ފުރުޞަތުގެ ބޭނުންކޮށް އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކުއްޖާގެ ބައްޕަ ބީބީސީއަށް ބުނެފައިވަނީ "އެ ގުޅި އަކީ ދެން ކުރީގެ ގުޅިއަށް ކޮންމެ ގޮތެއްވިޔަސް ނުވާނެތީ" ހިތާމަކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *