ސްޓެލްކޯއިން ކޯލް ސެންޓަރެއް ގާއިމް ކޮށްފި

ސްޓެލްކޯއިން ކޯލް ސެންޓަރެއް ގާއިމް ކޮށްފި

Author
ޙަސަން މުޙައްމަދު
28 އޮގަސްޓް 2024 07:52
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އައު ކޯލް ސެންޓަރެއް ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތް ފެށުމާއެކު، ކަސްޓަމަރުންނަށް 1545 ނަންބަރަށް ގުޅައިގެން ޚިދުމަތް ލިބިގަނެވޭނެއެވެ.

މި އައު ޚިދުމަތުގެ ދަށުން:

– ސްޓެލްކޯގެ އެންމެހައި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދޭނެއެވެ.
– ކަރަންޓު ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅޭނެއެވެ.
– ކުންފުންޏާ ގުޅުންހުރި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މީގެއިތުރުން، ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ ގުޅުވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މި ކޯލް ސެންޓަރަކީ ކުންފުނީގެ ދިގު ތާރީޚުގައި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވި އޮތް އެންމެ މުހިންމު މަސައްކަތެވެ. އަދި ސްޓެލްކޯގެ އަމާޒަކީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.