ސަރުކާރާ ދެކޮޅު ޚަބަރު ގެނެސްދޭ 5 ނޫހަކާއި ގުޅޭ 74 ޝަކުވާއެއް މީޑިއާ ކައުންސިލަށް ހުށަހަޅައިފި

ސަރުކާރާ ދެކޮޅު ޚަބަރު ގެނެސްދޭ 5 ނޫހަކާއި ގުޅޭ 74 ޝަކުވާއެއް މީޑިއާ ކައުންސިލަށް ހުށަހަޅައިފި

ގުޅުންހުރި

ސަރުކާރާ ދެކޮޅު ޚަބަރު ގެނެސްދޭ 5 ނޫހަކާ ދެކޮޅަށް 74 ޝަކުވާއެއް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާކަން މީޑިއާ ކައުންސިލުން ހާމަކޮށްފިއެވެ.

މީޑިއާ ކައުންސިލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި 5 ނޫހުގެ ތެރެއިން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ، ފުޅާ ދާއިރާއެއްގައި ސަރުކާރާ ދެކޮޅަށް ޚަބަރު ގެނެސްދެމުންދާ ދިޔަވަރު ނޫހާއި ގުޅޭގޮތުންނެވެ. މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެނޫހާއި ދެކޮޅަށް 56 ޝަކުވާއެއް މީޑިއާ ކައުންސިލަށް ހުށަހަޅާފައި ވެއެވެ.

އޭގެ އިތުރުން ދެން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ދުންމާރި ނަމަކަށް ކިޔާ އޮންލައިން ނޫހަކާއި ގުޅޭގޮތުންނެވެ. އަދި ދޮންއަމާ ނަމަކަށް ކިޔާ ނޫހަކާއި ގުޅޭ 4 ޝަކުވާއެއް ހުށަހަޅާފައިވާއިރު، ޗެނަލް13 އަދި ކުރުސީ.ކޮމް އާއި ދެކޮޅަށް ކޮންމެ އޮންލައިންއަކާއި ގުޅޭގޮތުން 3 ޝަކުވާއެއް ހުށަހަޅާފައި ވެއެވެ.

މީޑިއާ ކައުންސިލްގެ ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މި ޝަކުވާތަކުގެ ތެރެއިން %94 ޝަކުވާ ހުށަހަޅާފައިވަނީ ރައީސް އޮފީހުންނެވެ. އެހެނިހެން ފަރާތްތަކުން ހުށަހަޅާފައިވަނީ %6 ޝަކުވާއެވެ.

ސަރުކާރާ ދެކޮޅަށް ޚަބަރު ގެނެސްދީގެން މީގެކުރިން 2 އޮންލައިންއެއް ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކުން ބްލޮކްވެސް ކޮށްފައި ވެއެވެ. އެހެންނަމަވެސް މީޑިއާތަކުގެ ޕްރެޝަރަށް ފަހުން ވަނީ އެ އޮންލައިންތައް އަންބުލޮކް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ