އީދު މިސްކިތުން އަނެއްކާވެސް ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންގޮސްފި

އީދު މިސްކިތުން އަނެއްކާވެސް ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންގޮސްފި

Author
ހުސައިން
28 އޮގަސްޓް 2024 09:58
0

މަރާމާތަށް ބަންދުކޮށްފައިވާ އީދު މިސްކިތުން އިއްޔެ ރޭ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވާ  ގޮތުގައި، އިރުއޮއްސި 6:00 އާއި 10:00 އާ ދެމެދު 13 ބޮކި އަދި 8 ފަންކާގެ ނަރު ވަގަށް ނަގާފައިވެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

މިއީ އީދު މިސްކިތުން ތަކެތި ވަގަށް ނެގި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖޫން މަހު ހިނގި މިފަދަ ހާދިސާއަކާ ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މިސްކިތްތަކުން ފަންކާ، ބޮތްކާ، ސައުންޑް ސިސްޓަމް އަދި ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނެގުން ވަނީ އާންމު ކަމަކަށް ވެފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހާ ހަމައަށް، މިސްކިތްތައް ހިމެނޭގޮތަށް 300 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.