މިއީ އަޅުގަނޑުމެން ގެނައި ސަރުކާރެއް، މަގާމުތަކުގައި އާއިލާ މީހުން ތިބޭނެ: އަބްދުއްރަހީމް

މިއީ އަޅުގަނޑުމެން ގެނައި ސަރުކާރެއް، މަގާމުތަކުގައި އާއިލާ މީހުން ތިބޭނެ: އަބްދުއްރަހީމް

ގުޅުންހުރި

މިއަދު ރާއްޖޭގައި މިއޮތީ އެ މަނިކުފާނުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށާއި އެހެންކަމުން ސަރުކާރުގެ މަޤާމުތަކުގައި އެ މަނިކުފާނުގެ އާއިލާ މެންބަރުން ތިބޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ، އަބުދުއްރަހީމް މިހެން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަމުންނެވެ.

އަބްދުއްރަހީމްގެ އާއިލީ ބޭފުޅުންނަށް ސަރުކާރުގެ ގިނަ މަޤާމުތަކެއް ދޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލްއަށް ޓޫރިޒަމް މިނިސްޓަރުކަން ދިނުން ގިނަ ބަޔަކު ފާހަގަކުރެއެވެ. ނަމަވެސް، މި ކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގައި އެ މަނިކުފާނުގެ އާއިލާ މެންބަރުން ތިބުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް ތިބޭނީ އިލްމީ ގާބިލު ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް މިއީ. މި ސަރުކާރުގައި އަޅުގަނޑުމެންގެ މީހުން ތިބޭނެ. އެކަމަކު ތިބޭނީ ކިޔަވައިގެން ތިބި މީހުން. ތަންދޮރު ދަންނަ މީހުން ތިބޭނީ. އާއިލީވެސް، ދަރިންވެސް ތިބޭނެ، އަޅުގަނޑާ އެއްބަނޑުއެއްބަފާ މީހުންވެސް ތިބޭނެ. އަޅުގަނޑުގެ އާއިލާއަށް ނިސްބަތްވާ މީހުންވެސް ތިބޭނެ. އެއީ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން އާއިލީ ވެރިކަމަކަށް މަގުފަހިކުރުމަށްޓަކައި ކޮށްފައި ކަމެއް ކަމަކަށް. އެއީ ގަވާއިދުގެ ތެރެއިން އިލްމީ ގާބިލު މީހުންނަށް ރައީސް ފެނިވަޑައިގެން ދެއްވާ މަގާމުތަކެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ، މަޤާމުތަކަށް މީހުން އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވަންޖެހޭ ލަފައެއް އޮތްނަމަ އެ ލަފައެއް ދެއްވާނެ ކަމަށެވެ. އަދި ޕީއެންސީގެ ވެރިކަމެއް ކުރާއިރު، ޕާޓީގައި މިއަދު އެންމެ އިސްކޮށް ތިއްބެވީ އެ މަނިކުފާނާއި ރައީސް މުޢިއްޒު ކަމަށާއި އެހެންކަމުން ދެ ބޭފުޅުން މަޝްވަރާކޮށް ދޭންޖެހޭ ލަފައެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ