ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހުޅުމާލޭގައި ހަމަޖެއްސި ބިން ހުޅުވާލައިފި

ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހުޅުމާލޭގައި ހަމަޖެއްސި ބިން ހުޅުވާލައިފި

Author
ހުސައިން
27 އޮގަސްޓް 2024 08:50
0

މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ހުޅުމާލޭގައި ހަމަޖެއްސި ބިން މިއަދު ހުޅުވާލައިފިއެވެ

މި ބިމަކީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހޯކްސް ޕެޓްރޯލް ޝެޑް އަދި އެމް.ޕީ.އެލް ފްލެޓް ކައިރީ އޮންނަ 42،132.05 އަކަފޫޓުގެ ހުސް ބިމެކެވެ. މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އެ އުޅަނދު ގެންދަންޖެހޭނެއެވެ.

މި ޕާކިންގ ޒޯންގެ މަގްސަދަކީ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ރަޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށް ގެންގޮސް ގާނޫނުގެ ތެރެއަށް އުޅަނދު ވައްދަން ފުރުސަތު ދިނުމެވެ.

މި ބިން ހުޅުވާލުމާއެކު، މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މި ބިމަށް ބަދަލުކުރެވުމުން މާލޭގެ މަގުތަކުގެ ތޮއްޖެހުން މިހާރަށްވުރެ ކުޑަވެގެންދާނެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.