ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައް ހުޅުމާލޭގައި އެއުޅަނދުތައް ބެހެއްޓުމަށް ޚާއްސަކުރި ބިމަށް ބަދަލުކުރުމަށް އަންގައިފި

ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައް ހުޅުމާލޭގައި އެއުޅަނދުތައް ބެހެއްޓުމަށް ޚާއްސަކުރި ބިމަށް ބަދަލުކުރުމަށް އަންގައިފި

Author
ހުސައިން
26 އޮގަސްޓް 2024 07:45
0

ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި، އެހެން ޒޯންތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހުޅުމާލެއަށް ބަދަލުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭ ޒޯންގައި ގަވާއިދާ ޚިލާފަށް ދުއްވުމާއި ޕާކުކުރުން ހުއްޓުވައި، މި އުޅަނދުތައް ގާނޫނުގެ ތެރެއަށް ގެނައުމަށްޓަކައި، ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކާ ގުޅިގެން ހުޅުމާލޭ ލޮޓް ނަންބަރު 452 ގައި މިފަދަ އުޅަނދުތައް ވަގުތީގޮތުން ބެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މި އުޅަނދުތައް ވީ އެންމެ އަވަހަކަށް ޚާއްޞަކުރެވިފައިވާ ބިމަށް ގެންދިއުމަށް އެދި، މި އެންގުމާ ޚިލާފުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެކަން އަންގާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ހާމަކުރި ގޮތުގައި، މާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ގަވާއިދަށް ފެއްތުމަށް ފުރުޞަތެއް ދޭން ނިންމާފައިވެއެވެ. ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، މި ޖާގަ ދެވެނީ ހަ މަސް ދުވަހަށް ކަމަށާއި، މިއީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރާ ކަމެކެވެ.

މިނިސްޓަރުގެ ލަފާގައި، 40 ހާސް އަކަފޫޓުގެ މި ބިމުގައި ހަތަރު ފުރޮޅުލީ 200 ވަރަކަށް އުޅަނދުފަހަރު ބެހެއްޓޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.