ޝަހީމް ހަރަމްފުޅުގެ ފަތުވާ ކައުންސިލްގެ މެމްބަރ މެމްބަރު ޑރ. ހަމްދާންއާއި ބައްދަލުކުރައްވައިފި

ޝަހީމް ހަރަމްފުޅުގެ ފަތުވާ ކައުންސިލްގެ މެމްބަރ މެމްބަރު ޑރ. ހަމްދާންއާއި ބައްދަލުކުރައްވައިފި

ގުޅުންހުރި

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހަރަމްފުޅުގެ ފަތުވާ ކައުންސިލްގެ މެމްބަރު ޑރ. ހަމްދާން ބިން ހުމައިދު ބިން ބުރައިކް އައްސުލަމީއާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައެވެ.

ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝެއިހް މުހައްމަދު ލަތީފް، ވުޒާރާގެ އިސްވެރިން އަދި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ޑރ. ޝަހީމް، ޑރ. ހަމްދާން ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ވުޒާރާގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ޑރ. ހަމްދާން ރާއްޖެ ވަޑައިގެންފައިވަނީ ވުޒާރާއިން ކުރިއަށްގެންދާ އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ވަޒީރުގެ ދަޢުވަތަކަށެވެ.

ބައްދަލުވުމުގައި ދެ ފަރާތުން އިސްލާމީ ޝަރީޢަތާ ގުޅޭ މުހިންމު މައުޟޫތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ހިމެނެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، މިފަދަ ބައްދަލުވުންތަކުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އިސްލާމީ އުޚުއްވަތްތެރިކަން އިތުރަށް ބަދަހިވެ، ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފައިދާކުރާނެ ކަމަށެވެ.

ވުޒާރާއިން ބުނީ މި ބައްދަލުވުމަކީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ދީނީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތައް ބޭއްވުމަށް ރޭވިފައިވާ ކަމަށްވެސް ހާމަކުރިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖެއާއި ބޭރުގެ އިލްމުވެރިން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ އިސްލާމީ ޝަރީޢަތާ ގުޅޭ މުހިންމު މައުޟޫތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމެވެ.

ޑރ. ޙަމްދާނަކީ ސައުދީ އަރަބިއްޔާގެ ނަން މަޝްހޫރު އިލްމުވެރިއެކެވެ. އޭނާ ވަނީ އިސްލާމީ ފިޤުހު އަދި ޢަޤީދާގެ ދާއިރާއިން ގިނަ ފޮތްތަކެއް ލިޔުއްވައި، ބައިނަލްއަޤްވާމީ އެތައް މުއައްސަސާއެއްގައި މަސައްކަތްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ