މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

Author
ޙަސަން މުޙައްމަދު
24 އޮގަސްޓް 2024 10:45
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މިއަދު މެންދުރުފަހު ވަގުތީގޮތުން ކަރަންޓު މެދުކެނޑިދާނެކަމަށް ކަމަށް ބުނެފިއެވެ.

އެގޮތުން މިއަދު މެންދުރުފަހު 2:00 އިން 3:15 އަށް މާލޭގެ ގުލްހަޒާރު ގޯޅި، ދަކަނދާ މަގު، އުނިގަސް މަގު، މުރަނގަ މަގު، ޢިއްޒުއްދީން މަގު، މުއިވެޔޮ ގޯޅި، ނަސީމީ ހިނގުން، އިސްކަންދަރު މަގު، ހިލާލީ މަގު އަދި ޖަވާހިރު މަގު ހިމެނޭ ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި މަސައްކަތާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ރައްޔިތުންގެ އެއްބާރުލުން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.