އައިޖީއެމްއެޗްގައި ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދިން މީހަކު ހައްޔަރު ކޮށްފި

އައިޖީއެމްއެޗްގައި ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދިން މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
23 އޮގަސްޓް 2024 02:50
0

އައިޖީއެމްއެޗްގައި ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ހަމަލާދިން މީހާއަކީ އަބްދުﷲ އިބްރާހީމް ނަމަކަށް ކިޔާ 43 އަހަރުގެ މީހެކެވެ.

އަބްދުﷲ އިބްރާހީމް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން ވަނީ އޭނާ ހަތް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ބަންދު އަމުރު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަބްދުﷲ އިބްރާހީމް ހައްޔަރުކޮށް މުއްދަތު ޖަހާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުވަތަ އައިޖީއެމްއެޗްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.