ޗައިނާ ދަތުރު ނިންމަވާލެއްވުމަށްފަހު އަބުދުއްރަހީމް މާލެ ވަޑައިގެންފި

ޗައިނާ ދަތުރު ނިންމަވާލެއްވުމަށްފަހު އަބުދުއްރަހީމް މާލެ ވަޑައިގެންފި

Author
ހުސައިން
23 އޮގަސްޓް 2024 02:43
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އަބްދުއްރަހީމް ޗައިނާއަށް ވަޑައިގަތީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަބްދުއްރަހީމަށް މަރުހަބާ ދެންނެވީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި، ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް އަދި އިތުރު ބައެއް މަޖިލިސް މެންބަރުންނެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަތީ "އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް" ގައެވެ. މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މިފަދަ ސެމިނާއެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް މެއެވެ.

އަބްދުއްރަހީމްގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.