ޝަމީމު ޕީޖީކަމުން އިސްތިއުފާ ދެއްވައިފި

ޝަމީމު ޕީޖީކަމުން އިސްތިއުފާ ދެއްވައިފި

Author
ހުސައިން
22 އޮގަސްޓް 2024 09:42
0

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް އޭނާގެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. މި އިސްތިޢުފާ އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި، އެ މައްސަލައިގެ އިޖުރާއަތުތައް ކުރިއަށްދަނިކޮށެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މި މައްސަލައިގައި، ޝަމީމްގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން، މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޝަމީމް ހާޒިރުކުރެވުނެވެ. ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވުނު މި ބައްދަލުވުމަށްފަހު، ކޮމެޓީން ނިންމެވީ ޝަމީމްގެ މައްޗަށް އިތުބާރު ނެތްކަމަށެވެ.

މިހެން ކަންތައްތައް ހިނގަމުންދަނިކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ވަނީ އޭނާގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.