ޚާރިޖީ ވަޒީރު ސައޫދީ އަރަބިއްޔާގެ ރިޔާދަށް ވަޑައިގެންފި

ޚާރިޖީ ވަޒީރު ސައޫދީ އަރަބިއްޔާގެ ރިޔާދަށް ވަޑައިގެންފި

Author
ޙަސަން މުޙައްމަދު
19 އޮގަސްޓް 2024 11:57
0

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު، މިއަދުގެ ވަގުތެއްގައި ސަޢޫދީ ޢަރަބިއްޔާގެ ރިޔާދަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރަށް ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާރޕޯރޓުން މަރްހަބާ ދެންނެވީ ސައޫދީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ޕްރޮޓޮކޯލް އެފެއާޒް ހިޒް އެކްސެލެންސީ ޢަބްދުއް މާޖިދު އައްސަމާރީ އާއި ރިޔާދުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސް މުވައްޒަފުންނެެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާ ސިޓީފުޅެއް މިނިސްޓަރ ޒަމީރު ރައްދުކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.