އައިއޭއެސް އިން އޭޓީއާރު މަރުކާގެ ތިން ބޯޓު ފައިނޭންސް ލީސްގެ އުސޫލުން ގަތުމަށް ހުޅުވާލައިފި

އައިއޭއެސް އިން އޭޓީއާރު މަރުކާގެ ތިން ބޯޓު ފައިނޭންސް ލީސްގެ އުސޫލުން ގަތުމަށް ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
16 އޮގަސްޓް 2024 09:03
0

ގައުމީ އެއަރލައިން މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ ތިން މަތިންދާބޯޓު ގަތުމަށްޓަކައި ފައިނޭންސް ލީސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާރވިސަސް (އައިއޭއެސް) އިން އިއުލާނު ކޮށްފިއެވެ.

އައިއޭއެސްއިން ބުނެފައިވާ ގޮތުގައި މި ބޯޓުތައް ހޯދަނީ ދިގު މުއްދަތަކަށް ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށެވެ. މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގައި ބޭނުންކުރުމަށް ގަންނަން ބޭނުންވަނީ އައު އޭޓީއާރު 600-42 މޮޑެލްގެ މަތިންދާބޯޓުތަކެވެ. މި ބޯޓުތައް ގަތުމަށް ހަމަޖެހިފައިވަނީ 15 އަހަރުގެ މުއްދަތަށް ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށެވެ.

މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި އަހަރުގެ އޮގަސްޓު 29 ކަމަށް އައިއޭއެސްއިން ހާމަކޮށްފައިވެއެވެ. އަދި މި ބޯޓުތައް ފޯރުކޮށްދޭންޖެހޭ ތާރީޚުތައްވެސް އިޢުލާނުގައި ހިމަނާފައިވެއެވެ. އެގޮތުން:

– ފުރަތަމަ ބޯޓު: 2023 ޑިސެންބަރު
– ދެވަނަ ބޯޓު: 2024 އޮގަސްޓު
– ތިންވަނަ ބޯޓު: 2026 އޮކްޓޯބަރު

އައިއޭއެސްއިން މި ފުރުސަތު ހުޅުވާލާފައިވަނީ މަތިންދާބޯޓު ގެންގުޅޭ ފަރާތްތަކަށާއި، ބޯޓު ކުއްޔަށްދޭ ކުންފުނިތަކަށާއި، ކޮމާޝަލް ބޭންކުތަކަށާއި އަދި މާލީ ކުންފުނިތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.