ވިއްސާރައިގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، މާލޭގެ ލޮނުޒިޔާރަތްމަގު ސަރަހައްދުގައި ކަރަންޓު މެދުކެނޑުމާ ގުޅިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. ސްޓެލްކޯއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ކުރިމަތިވެފައިވާ ވިއްސާރައިގެ ސަބަބުން ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވުމާ ގުޅިގެން، ވީބީ މާޓް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައިވާކަމަށެވެ. އަދި އެ ސަރަހައްދަށް އަލުން ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ވިއްސާރައާއި ގުޅިގެން ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވެ މާލެ ސިޓީ، ލޮނުޒިޔާރަތްމަގު، ވީބީ މާޓް ހުންނަ ސަރަޙައްދުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި. ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދަށް ކަރަންޓު ދިނުމަށް ދަނީ މަސައްކަތް ކުރަމުން، ދިމާވާނެ…
— STELCO (@STELCOMALDIVES) August 13, 2024
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް މާފަށް އެދޭ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް، އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.