ކޯވިޑް-19 : އިތުރު 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ކޯވިޑް-19 : އިތުރު 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 10:43
0

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ރެއާއި ހަމައަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގޮސްފައިވަނީ 67 މީހަކަށެވެ. އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 74 އަށް އަރާފައެވެ. މިއާއިއެކު މިއަދު ހޮސްޕިޓަލުގައި އިތުރު 7 މީހަކަށް ވަނީ ފަރުވާ ދޭން ފަށާފަ އެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ގިނައީ ހައިރިސްކު މީހުންނެވެ. ބަލީގައި ސީރިއަސް ހާލަތަކަށް ނުދިޔަނަމަވެސް ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަކީ އެޗްޕީއޭއިން ގެންގުޅެމުންދާ އުސޫލެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކު ކޯވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް 100 އިން ދަށުގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އަދަދު ތިރިވި ކަމުގައި ވީނަމަވެސް އަދިވެސް ބަލީގެ ނުރައްކާ ކުޑަ ނޫންކަމަށް އެޗްޕީއޭއިން ދަނީ ހާމަކުރަމުންނެވެ. ޚާއްސަކޮށް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ހުރިހާ ބޭފުޅުންވެސް އަމަލުތައް ބެހެއްޓެވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1113 އެވެ. މި އަދަދަށްބަލާއިރު ހޮސްޕިޓަލްތަކުގައި ތިބި 74 މީހުންނަކީ މީގެ ގާތްގަނޑަކަށް ހަތް ޕަސެންޓެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.