ހަނިމާދޫ އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީއެއް ބަންދަށް 15 ދުވަސް ޖަހައިފި

ހަނިމާދޫ އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީއެއް ބަންދަށް 15 ދުވަސް ޖަހައިފި

Author
ޙަސަން މުޙައްމަދު
04 އޮގަސްޓް 2024 11:22
0

ހަނިމާދޫ އެއާޕޯޓްގައި މާރާމާރީ ހިންގި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނެފައިވަނީ ފާއިތުވި ހުކުރު ދުވަހުގެރޭ ހަނިމާދޫ އެއާޕޯޓްގައި ހަތިޔާރު ބޭނުންކޮށްގެން، އެތަނުގެ ދެ މުވައްޒަފަހު މާރާމާރީ ހިންގާފައިވާ ކަމުގައެވެ. އެހެންނަމަވެސް މާރާމާރީ ހިންގުމަށް ބޭނުން ކޮށްފައިވަނީ ކޮންކަހަލަ ހަތިޔާރެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށްް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާކަމަށެވެ.

ބިދޭސީ ދެ މުވައްޒަފުން އެއާޕޯޓުގައި ހިންގި މި މާރާމާރީގައި އެކަކަށް އަނިޔާވެފައި ވެއެވެ. އޭނާއަށް ހަނިމާދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.