"ސިޓަޑެލް: ހަނީ ބަނީ" ގެ ޓީޒާ އާންމުކޮށްފި

"ސިޓަޑެލް: ހަނީ ބަނީ" ގެ ޓީޒާ އާންމުކޮށްފި

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2024 01:39
0

ބޮލީވުޑްގެ އެކްޓަރު ވަރޫން ދަވަންގެ ފުރަތަމަ ވެބް ސީރީޒް "ސިޓަޑެލް: ހަނީ ބަނީ" ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފިއެވެ.

މި ސީރީޒަކީ ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ "ސިޓަޑެލް: ހަނީބަނީ" އެވެ. މިއީ މިދިޔަ އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެންގެ "ސިޓަޑަލް" އާ ގުޅުވައިގެން ގެނެސްދޭ އިންޑިއާގެ ވާޝަނެވެ.

މި ވެބް ސީރީޒް ގައި ވަރުން އާއި އެކުގައި ފެނިގެންދާނީ ސައުތުގެ އެންމެ މަޝްހޫރު އެއް ބަތަލާ ސަމަންތާ ރޫތްޕަރަބޫއެވެ. މިއީ މިދެތަރިން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

 

View this post on Instagram

 

A post shared by prime video IN (@primevideoin)

ވަރޫންގެ ފުރަތަމަ ވެބް ސީރީޒް ގެނެސްދޭ ތާރީހު އިއުލާންކުރި، އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 25 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ޑްރާމާ "ބޭބީ ޖޯން" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.