މިނިވަން އުފާ ނައިޓް މާރކެޓްގެ މީޑިއާ ޕާޓްނަރަކަށް ޚަބަރު އޮންލައިން

މިނިވަން އުފާ ނައިޓް މާރކެޓްގެ މީޑިއާ ޕާޓްނަރަކަށް ޚަބަރު އޮންލައިން

ގުޅުންހުރި

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން ބޭއްވުމަށް ހަމަޖައްސާފައިވާ "މިނިވަން އުފާ ނައިޓް މާރކެޓް"ގެ މީޑިއަރ ޕާޓްނަރަކަށް "ޚަބަރު އޮންލައިން" ހަމަޖައްސައިފިއެވެ.

އެމްޓީއޭއިން ކުރި އެކްސް ޕޯސްޓެއްގައި އެ ޖަމިއްޔާއިން ބުނެފައިވަނީ، ނައިޓް މާރކެޓާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް ތާޒާކަމާއެކު ގެނެސްދިނުމަށް "ޚަބަރު އޮންލައިން" ހަމަޖައްސާފައިވާ ކަމުގައެވެ. އަދި އެނޫހާއެކު ކުރެވުނު އެއްބަސްވުމުގެ ދަށުން "މިނިވަން އުފާ ނައިޓް މާރކެޓް"އާއި ގުޅުން ހުރި އިވެންޓްތަކާއި، އަދި ޚަބަރުތައް ވިޔަފާރިވެރިންގެ އޯޑިއަންސާއިހަމައަށް ތާޒާކަމާއެކު ފުރިހަމަ މައުލޫ މާތު ގެނެސް ދެމުންދާނެ ކަމުގައެވެ.

އެމްޓީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ނައިޓް މާރކެޓްގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބައިވެރިވާ 100 އަށްވުރެ ގިނަ ވަޔަފާރަވެރިން ބައިވެރި ވާނެއެވެ. އަދި މާދަމާ ރޭ 8:30 ގައި ނައިޓް މާރކެޓް ރަސްމީކޮށް ހުޅުވިގެންދާނީ އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްތަކާއެކުވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ހޭވައްލާ ބޮޑުބެރު ގުރޫޕްގެ ބޮޑުބެރު އިވެންޓެއް އޮންނާނެ ކަމަށްވެސް އެމްޓީއޭއިން ބުނެފައި ވެއެވެ.

އެމްޓީއޭގެ ނައިޓް މާރކެޓް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވަނީ އިގްތިސާދާބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ.

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އަކީ ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެގޮތުން އެޖަމިއްޔާއިން ވަނީ ފާއިތުވެދިޔަ ތަނުގައި، ވިޔަފާރިވެރިންނަށް ކުރިމަތިވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ދައުލަތުގެ ބައެއް މުވައްސަސާތަކާއި ގުޅިގެން މަސައްކަތް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ