"ޑޫން: ޕްރޮފެސީ" ގައި ތާބޫ ދައްކައިލައިފި

"ޑޫން: ޕްރޮފެސީ" ގައި ތާބޫ ދައްކައިލައިފި

ކާމިޔާބު ސައި-ފައި ފިލްމު "ޑޫން"ގެ ޕްރީކުއެލް ސީރީޒް "ޑޫން: ޕްރޮފެސީ"ގެ ޓީޒާ އިން ބަތަލާ ތައްބޫ ދައްކައިލައިފިއެވެ.

ޓިޒާ އިން އޭނާގެ ފެނިގެންދިއައީ އެންމެ މަޒަރެއް ނަމަވެސް މިގައި އޭނާ ފެނިގެންދާނީ ވަރަށް ވަރުގަދަ ރޯލަކުން ކަން ހާމަވެއެވެ. ނުފޫޒާއި ބާރުގެ ރޯލެއްހެން ސިފަވާ ގޮތަށް އޭނާ ދައްކައިލައިފައިވާ އިރުގައި މިއީ ވަރަށް ޝައުގުވެރި ސީރީޒް އަކަށް ވާނެކަމަށް ބެލެވެއެވެ.

"ޑޫން: ޕްރޮފެސީ"ގައި ތާބޫ ފެންނާނެ ކަން އިއުލާންކުރީ މިދިޔަ މެއި މަހު އެވެ. މި ސީރީޒްގައި ތާބޫ ކުޅެނީ ސިސްޓަ ފްރާންސެސްކާ ކިޔާ ކެރެކްޓާއެއްގެ ރޯލެވެ. ތާބޫ އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާއަށް ވަނީ އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ދެ ފަހަރެއްގެ މަތިން ލިބިފަ އެވެ. އަދި ފިލްމުފެއާ އެވޯޑު ހަތް ފަހަރަކު ލިބިފައިވެ އެވެ.

ފްރޭންކް ހެބާޓް 1965ގައި ނެރުނު ސައިންސް ފިކްޝަން ވާހަކަ "ޑޫން" އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމު ގެނެސްދީފައިވަނީ، ވާހަކަ ދެބައަކަށް ބަހާލައިގެންނެވެ. އެއާއެކު ގިނަ ބަޔަކު ވަނީ މި ފިލްމު ކާބިޔާބު ވެއްޖެ ނަމަ ފިލްމުގެ ދެ ވަނަ ބައެއް ބެލުންތެރިންނާ ހަމައަށް އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ލަފާ ކޮށްފަ އެވެ.

"ޑޫން"ގައި ޓިމޮތީ ޝެލަމޭ، ޒެންޑާޔާ، ރެބެކާ ފާގަސަން، އޮސްކާ އައިޒަކް، ޖޯޝް ބްރޯލިން އަދި ޖޭސަން މޮމޯ ފަދަ ތަރިންގެ ކާސްޓެއް ހިމެނެ އެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ޑައިރެކްޓަރު ޑެނިސް އާއި ޖޯން ސުއިޓްސް އަދި އެރިކް ރޮތު އެކުގަ އެވެ.

 

View this post on Instagram

 

A post shared by Tabu (@tabutiful)

ތައްބޫ ގެ އެންމެފަހުން ނުކުތް ފިލްމް އަކީ މިދިޔަ މާޗު މަހު ސިނަމާތަކުގައި އެޅުވި "ކްރޫ" އެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމް އަކީ "އޯރޯމޭ ކަހާ ދަމްތާ" އެވެ. 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *