މިނިވަން ދުވަހުގެ މުނާސަބަތުގައި އައްޑޫސިޓީގައި ޕެރޭޑް ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި އައްޑޫސިޓީގައި ޕެރޭޑް ބާއްވައިފި

Author
ޙަސަން މުޙައްމަދު
28 ޖުލައި 2024 10:42
0
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރޭ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި އައްޑޫސިޓީގެ ސްކޫލުތަކުގެ ކެޑޭޓުން ބޭއްވި ޕެރޭޑު ކުރިއަށް ގެންދިއުމުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އައްޑޫސިޓީގެ ފަސް ސްކޫލަކުން ކެޑޭޓުން ބައިވެރިވެ، ޖުލައި 27 ވަނަ ދުވަހު އެ ސިޓީގައި ބޭއްވި ޕެރޭޑުގެ ހުރިހާ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ޑްރިލް އިންސްޓްރަކްޓަރުންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މަސައްކަތްކުރާ ސިފައިންގެ އެހީތެރިކަމާއެކުއެވެ.
އައްޑޫސިޓީގައި ޖުލައި 27 ވަނަ ދުވަހު ޕެރޭޑް ކުރިއަށްދިޔަ ވަގުތު ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ކެޑޭޓުންނާއެކު ހަރަކާތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.